ބޮލީވުޑަށް އާ އެކްޓަރަކު ތައާރަފު ކުރަން ހަމަޖެހިފައވާ ފިލްމު "ތެރަ ޔާރު ހޫނ މޭ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު އިންދަރު ކުމާރުގެ ދަރިފުޅު އަމަން އިންދަރު ކުމާރު ތައާރަފުކުރާ ފިލްމެވެ. އިންދަރު އަކީ "ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "މަން" އަދި "މަސްތީ" ފަދަ މަގުބޫލު ފިލްމުތަައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ޓޯޓަލް ދަމާލް" އެވެ.
އިންދަރުގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރާ "ދަމާލް 4" އެވެ.
އޭނަގެ ދަރިފުޅު އަމަން ތައާރަފުކުރާ ފިލްމު "ތެރަ ޔާރު ހޫނ މޭ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 24 ގަ އެވެ. މިއީ މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ބަތަލާ އަކީ އަކަންކްޝާ ޝަރުމާ އެވެ. އަދި "ތެރަ ޔާރު ހޫނ މޭ" ގެ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ޕަރޭޝް ރާވަލް ވެސް ފެންނާނެ އެވެ.