Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ފުޑް ކޯޓްތަކަކުން 27 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް

މާލޭގެ ފުޑް ކޯޓުތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން އައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުފެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަން އޭގެ ތެރޭގައި ހިމެނެނީ 27 މީހަކު ކަމަށެވެ.

އެތަނުން ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގައިފަ އެވެ. އެގޮތުން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ދަށަށް ގެނެސްފައިވެ އެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް އެއްކޮށްފައިވެ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރަން ވަނީ ނިންމައިފަ އެވެ.