Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ހޯރަފުއްޓަށް 30 ފޫޓްގެ ބޮޑުމަހެއް ލައްގައިފި

ހއ. ހޯރަފުއްޓަށް މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފި އެވެ.

އެ ރަށު ހުޅަނގު ފަރާތު ފަރުމައްޗަށް ލައްގާފައިވާ އެ މަސް މިހާރު ވަނީ ހޯރަފުށި ކައުންސިލާއި އެ ރަށު ފުލުހުބްނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކު ގޮނޑުދޮށަށް ނެގުމަށް ފަހު ވަޅުލައިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑުމަސް ލައްގާފައިވެ އެވެ.