Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ސަރުކާރުން ވިލިމާލޭ ރައްޔިތުންނަށް އަޅާލުމެއް ނުބަހައްޓާ

ސަރުކާރުން ވިލިމާލޭ ރައްޔިތުންނާއި މެދު އަޅާލުމެއް ނުބަހައްޓާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ރޭ ވަނީ ވިލިމާލޭގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ޒުވާނުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވިލިމާލެ އެމްޑީޕީ ބައެއް މެމްބަރުންނާ ރޭ ބައްދަލުކޮށް، އެ ފަރާތްތަކުގެ ވާހަކަތައް އަޑު އަހާލި ކަމަށާއި ސަރުކާރުން ވިލިމާލޭ ރައްޔިތުންނާއި މެދު އަޅާލުމެއް ނުބަހައްޓާ ކަމަށެވެ.

އަދި އެ ރައްޔިތުންނާއި މެދު އިހުމާލުވާތީ ކުރަމުންދާ ޝަކުވާތަކަށް ވެސް ސަރުކާރުން ދެނީ ބީރު ކަންފަތެެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރަކީ ވިލިމާލޭ ރައްޔިތުންނަށް މާލޭ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެސް ލިބޭ ފަސޭހަތަކާއި ޚިދުމަތްތައް ހޯދައިދޭނެ ސަރުކާރު ކަމަށް ވިދާޅުވެފަ އެވެ.