Last Updated: July 7, 20:14
Tuesday, July 7, 2026
މުނިފޫހިފިލުވުން

'ޕާޓީ' ގެ 50 ޕަސެންޓް ނިންމާލައިފި

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު 'ޕާޓީ' ގެ ޝޫޓިންގެ 50 ޕަސެންޓް ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 22 ގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިންމައިލީ 9 ދުވަހުގެ ތެރޭގަ އެވެ. 'ޕާޓީ' އަކީ އިއްލެގެ އައި ފިލްމްސް އޭނަ ލިޔެ، ޑައިރެކްޓްކުރާ ތުރިލާއެކެވެ.

މި ފިލްމަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެނބުރި އަންނަ ފިލްމެވެ. 'ޕާޓީ' ގެ ބޮޑު ރޯލެއް އޭނަ ކުޅޭ އިރު، މި ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ ކަމަށް އިއްލެ ބުންޏެވެ. ނަމަވެސް އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މީގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު އިއްލެ ކުރިން ބުނެފައި ވަނީ އަމާޒަކީ މަސް ދުވަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލުން ކަމަށެވެ. އެހެންވެ 'ޕާޓީ' ވާނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ އިއްލެގެ ފުރަތަމަ ފިލްމަށެވެ.

އެކަމަކު މި ފިލްމު މި އަހަރު ބެލުންތެރިންނަށް ގެނެސްދިނުން އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އިއްލެ ބުނީ ޕާޓީ މި އަހަރު ގެނެސްދިނުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ލޯބިން' އެވެ. އިއްލެ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި 'ބަވަތި' އާއި 'ނީނާ' ގެ ވެސް ޑައިރެކްޓަރެވެ.