Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ތުލުސްދޫ ކޮކަ ކޯލާ ފެކްޓަރީ ޒިޔާރަތްކޮށްލުމުގެ ފުރުސަތެއް

ކ. ތުލުސްދޫގައި ހުންނަ ކޮކާކޯލާ ފެކްޓްރީއަށް ޒިޔާރަތްކޮށް ވަޒީފާގެ މައިދާން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި ޔޫތު މިނސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން އިންތިޒާމުކުރާ "ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމް" ގެ ދަށުން، ކ. ތުލުސްދޫގައި ހުންނަ މޯލްޑިވްސް އެއިރޭޓަޑް ވޯޓާ ކޮމްޕެނީ (ކޮކަ ކޯލާ ފެކްޓްރީ) އަށް ކުރާ ފީލްޑް ވިޒިޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ 16-25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ދަތުރު ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެހެންވެ ބައިވެރިވާން އެދޭ ޒުވާނުން މި މަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

މިނިސްޓްރީން ބުނީ މިފަދަ ފުރުސަތުތަކަކީ ޒުވާނުންގެ ހުނަރު ތަރައްގީކޮށް، މުސްތަގުބަލުގައި ވަޒީފާގެ މައިދާނަށް ނުކުތުމަށް އެހީތެރިވެދޭނެ މުހިންމު ފުރުސަތުތަކެއް ކަމަށެވެ.