ޕާސްޓްޕޯޓް ހަދަން ފޮޓޯ ހުށަހަޅާ އިރު، މިހާރި އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތައް ހުށަހަޅާތީ އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމާ ގުޅޭ އެ އިދާރާ އިން މިއަދު ބުނީ އޭއައި ނުވަތަ އެފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ފޮޓޯތަކެއް ކަމަށެވެ.
އެހެންވެ ޕާސްޕޯޓް ހަދަން އެފަދަ ފޮޓޯތައް ހުށަނާޅަން އެދޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން ބުނީ ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިއްމު ސެކިއުރިޓީ ޑޮކިއުމަންޓަކަށްވާތީ ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވާން އެދޭ ކަމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.