ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހައްޔަރުކުރި ދެ މީހުންނަކީ ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރޭނުގެ މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް، 39، އާއި “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް، 43، އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކު އެވެ.
ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ އިދާރާއާ ހަވާލުކޮށްފަ އެވެ.