ފުލުހުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
މިއީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމެޓީ އާއި ޕޮލިސް މެޑިކަލް ސާވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއީ “ވޯލްޑް ޑޮނޭޝަން ޑޭ” ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ މަގުސަދަކީ ފުލުހުންގެ މެދުގައި އިޖުތިމާއި ރޫހު އާލާކޮށް މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި ހާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ ފުލުހުންތަކެއް ބައިވެރިވެ ލޭ ހަދިޔާކޮށްފައިވެ އެވެ.