Last Updated: July 8, 21:12
Wednesday, July 8, 2026
ރިޕޯޓް

ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރާނީ ކިހިނެއް؟

ބަރަކާތް ލެއްވުން އެދި ތަފާތު އިބާރާތްތަކުން ދުޢާ ކުރެވިދާނެ އެވެ. ދިވެހި ބަހުންވެސް ދުޢާ ކުރެވިދާނެ އެވެ. މިސާލަކަށް ހާދަ މޮޅު ކުއްޖެކެވެ. ﷲ ބަރަކާތް ލައްވާށި! މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރެވިދާނެ އެވެ. މިތަނުގައި މި ބުނަނީ އެފަދައިން ބޭނުން ކުރެވިދާނެ ބައެއް ޢިބާރާތްތަކެވެ.

1. بَارَكَ ﷲ عَلَيْكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި
بَارَكَ ﷲ عَلَيْكَ/عَلَيْكِ/عَلَيْكُمَا/عَلَيْكُمْ/عَلَيْكُنَّ – މުޚާޠަބު ކުރެވޭ ޢަދަދު އަދި ޖިންސާ ގުޅޭ ގޮތުން ޢަރަބި ބަހުގެ ޤަވާޢިދުގައިވާ ފަދައިން.

2. بَارَكَ ﷲ لَكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި
بَارَكَ ﷲ لَكَ/لَكِ/لَكُمَا/لَكُمْ/لَكُنَّ – މުޚާޠަބު ކުރެވޭ ޢަދަދު އަދި ޖިންސާ ގުޅޭ ގޮތުން ޢަރަބި ބަހުގެ ޤަވާޢިދުގައިވާ ފަދައިން.

3. اللَّهُمَّ بَارِكْ – ޔާ ބަރަކާތް ލައްވާށި

4. اللَّهُمَّ بَارِكْ لَهُ– ޔާ ﷲ އޭނާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)
اللَّهُمَّ بَارِكْ لَهُ /لَهَا/لَهُمَا/لَهُمْ/لَهُنَّ – ޢަދަދު އަދި ޖިންސާ ގުޅޭ ގޮތުން ޢަރަބި ބަހުގެ ޤަވާޢީދުގައިވާ ފަދައިން.

5. بَارَكَ الله فِيْكَ– ﷲ ތިބާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)
بَارَكَ الله فِيْكَ/فِيْكِ/فِيهِ/فِيهَا/فِيكُمَا/فِيكُمْ/فِيكُنَّ– ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން.

މަސްދަރު: އިލްމު.އެމްވީ