Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ސައުދާގެ ފިރިމީހާ ޑެޕިއުޓީ މިނިސްޓަރަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ފިރިކަލުން އަބްދުﷲ މުފީދު، ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަންކޮށްފި އެވެ.

ނިލަންދު އަށް ނިސްބަތްވާ މުފީދަކީ ކުރިން އެ ރަށު ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ އިތުރުން ފ. އަތޮޅު އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އޭނަ އެންމެ ފަހުން ހުންނެވީ އެޕްރީލް މަހުގެ ތެރޭގައި އުވައިލި ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމެވެ.