އއ. ހިމަންދޫގައި މޫދަށް އެރި އުޅުނު ކުޑަ ދެ ކުއްޖަކު ގެނބެނިކޮށް ސަލާމަތްކޮށްފި އެވެ.
އއ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖްގައި އިއްޔެ އާންމުކުރި ޕޯސްޓެއްގައި ބުނީ ގެނބެނިކޮށް ސަލާމަތްކޮށްފައި ވަނީ އަހަރާއި 11 އަހަރުގެ ފިރިހެން ކުއްޖަކި ކަމަށެވެ.
އެ ކު ކުދިން ސަލާމަތް ކުރީ، އާއްމުންގެ މީހަކާއި ފުލުހަކު ފަތާފައި ގޮހެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނުނު ކަމަށް ބުނެފައިވެ އެވެ.
އެ ދެ ކުދިން ސަލާމަތްކުރުމުހައި ހަރަކާތްތެރިވީ ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި ހިމަންދޫ، ދިލާސާގޭ މުހައްމަދު އާހިލް އެވެ.
ފުލުހުން ބުނި ގޮތުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވެ އެވެ. ނަމަވެސް އެ ކުދިންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި، ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.