އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަބް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާ 'ދާދާ' ގެ ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރިހު މިއަދު އިއުލާންކޮށްފި އެވެ.
އިރެކްޓަރު/ޕްރޮޑިއުސަރު ލަވް ރަންޖަންގެ ޕްރޮޑަކްޝަން ހައުސް، ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ އަހަރުގެ މެއި 14 ގަ އެވެ.
'ދާދާ' ގައި ގަންގޫލީގެ ރޯލުން ފެންނާނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ރާޖްކުމާރު ރާއޯ އެވެ.
މީގެ ޑައިރެކްޓަރަކީ އުޅާން އާއި ލުޓޭރާ އަދި އޭކޭ ވާސަސް އޭކޭ ފަދަ މަގުބޫލު ފިލްމުތައް ގެނެސްދީފައިވާ ވިކްރަމަދިތިއާ މޮޓްވާނޭ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2024 ގައި އަނަންޔާ ޕާންޑޭއާ އެކު ގެނެސްދިން ސްކްރީންލައިފް ތުރިލާ 'ކޮންޓްރޯލް' އެވެ.
'ދާދާ' ގައި ގަންގޫލީގެ ރޯލު ރާޖް ކުޅޭ އިރު، އޭނަ ކުރިން ވެސް ބައޮގްރަފިކަލް ޑްރާމާތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އިންޑިއާގެ ލޯފަން ވިޔަފާވެރިއެެއް ކަމަށްވާ ސްރީކާންތު ބޮއްލާގެ ވާހަކަ ކިޔައިދިން 2024 ގެ 'ސްރީކާންތު' އެވެ.