Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ފުޓްސަލް އަށް ހާއްސަ ފިހާރައެއް ހުޅުވައިފި

ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި، އަޔާޒް އަހުމަދު (އަޔާ) ފުޓްސަލް ކުޅުންތެރިންނާއި އެ ކުޅިވަރަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ""އޭ10 ސްޕޯޓްސް ވެއާ" ގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.

ރޭ ހުޅުވި މި ފިހާރަ ހުންނަނީ މާލޭގެ ގަލޮޅު ނިރޮޅު މަގުގަ އެވެ.

"އޭ10 ސްޕޯޓްސް ވެއާ" ފިހާރަ އަކީ ފެންވަރު ރަނގަޅު ކުޅިވަރު ސާމާނު ފޯރުކޮށް ދޭނެ ތަނެކެވެ އެގޮތުން، ތަފާތު އެކި ބްރޭންޑްތަކުގެ ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓުތަކާއި، ކުޅިވަރު ކުޅޭއިރު ބޭނުން ވާނެ އިތުރު ސާމާނު ފިހާރަ އިން ލިބޭނެ އެވެ. މީގެ އިތުރުން، ޖާޒީ ޕްރިންޓްކޮށް ދިނުމުގެ ހިދުމަތް ވެސް ފިހާރައިން ދޭނެ އެވެ.

އަޔާޒް ބުނީ އޭނަގެ މި ފިހާރަ އަކީ ރާއްޖޭގެ ފުޓްސަލް އާއިލާއަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެއް ކަމަށެވެ. އަދި މިފަދަ ވިޔަފާރީގެ ތެރެއަށް ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް އެއް ފުރާޅެއްގެ ދަށުން ފެންވަރު ރަނގަޅު ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް ދިނުމަށް ކަމަށް ބުންޏެވެ.

ފުޓްސަލް އަށް ހާއްސަ ތަކެތި ވިއްކާ ފިހާރައެއް ހުޅުވި އިރު، މި ކުޅިވަރަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންންަ ވަރަށް މަގުބޫލު ކުޅިވަރެކެވެ.