Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ތިން ކިލޯގެ ޑްރަގާ އެކު 2 މީހަކު ހައްޔަރުކޮށްފި

ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި މަހުގެ 6 ވަނަ ދުވަހ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071/ މާލެ، ފަތުޙު އާދަމް ޙަސަންފުޅު 44، އާއި،ބަންގްލަދޭޝް އަށް ނިސްބަތްވާ، ޝާހު އަލްތަބުރް ރަޙްމާން، 31، އެވެ.

މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.