ޕެންޝަން އޮފީހުގެ ބޯޑަށް ހުސައިން ޒުހުރީ ހަމަޖައްސައިފި އެވެ.
މިކަމާ ގުޅިގެން އޭނަ އެ އޮފީހުން މިއަދު މަރުހަބާ ވެސް ކިިޔާފައިވެ އެވެ.
ޒުހުރީ އަކީ ކުރިން ފެނަކައިގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ޒުހުރީ އައްޔަންކުރި އިރު، މިދިޔަ މެއި މަހުގެ ތެރޭގައި އެތަނުގެ ބޯޑަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރައްވާފައިވާ ޔާމީން އިދުރީސް ވެސް އައްޔަންކޮށްފައިވެ އެވެ.
އަދި މެއި މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް މަގާމަށް އަބްދުލް މަޖީދު އަލީ ހަމަޖައްސާފައިވެ އެވެ.
އެ އޮފީހަށް ސީއީއޯއެއް ހޯދަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ.