Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

15 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމާލައިފި

ފުލުހުންގެ 15 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމާލައި ސެޓްފިކެޓް ދީފި އެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށެވެ.

ކޯސް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު ޔޫނުސް ޞަބާހް އެވެ.

ކޯހުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް އަބްދުލް މުހައިމިނު އަބްދުﷲ އެވެ.

މިދިޔަ މަހުގެ 7 އިން މި މަހުގެ 5 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި، ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސްގެ 30 ފުލުހަކު ބައިވެރިވި އެވެ.

މި ކޯހުގައި، ލީޑަޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓެޖިކް އެންޑް އޮޕަރޭޝަނަލް ލީޑަޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިން، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތަކާއި އެ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިން ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން، ޑްރިލް ކުލާސްތަކާއި، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގުސަދުގައި 7 ކިލޯ މީޓަރުގެ ދުވުމެއް ވެސް ބާއްވާފައިވެ އެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސް އާއި ކޮމިއުނިކޭޝަން ސްކިލްސް ވެސް ކޯހުގައި އުނގަންނައި ދީފައިވެ އެވެ. އަދި ރައްޔިތުންނާ އެދޭ ފަދަ ހިދުމަތެއް ދިނުމަށް ވާހަކަ ދެއްކުމުގެ ހުނަރާއި، ބޭނުން ކުރާނެ އުކުޅުތައް ދަސްކޮށް ދީފައިވާ އިރު، ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ އިތުރުން ގާނޫނުތަކަށް އަހުލުވެރިކޮށް، ދިމާވާ ގޮންޖެހުންތައް ގިރާކުރާނެ ގޮތްތައް ވެސް ކޯހުގައި އުނގަންނައި ދީފައިވެ އެވެ.