އައްޑޫ ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އެ މީހުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ ހިތަދޫ، ޢަޠީނާ، ޝިޔާޙު މުޙައްމަދު، 26، އާއި އެ އަވަށު ބޯޅަކިންކިރުމާގޭ، މުޙައްމަދު މާހިލް އަޙްމަދު، 18، ގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ.
އެ މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުން ބުނީ އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުންނެވެ.