މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ރޭގެ މެޗްގައި މިޞްރުން އެ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމުކަން ސާބިތުކޮށް ދީފި އެވެ.
ހަމައެކަނި މިޞްރުގެ ކުޅުންތެރިން ހިމެނޭ އެ ޓީމުން، އެ މީހުންގެ ހުށިޔާރުކަމާއި، ކުޅަދާނަކަން ރޭ ދުނިޔެ އަށް ދައްކުވައި ދިނެވެ. ދުނިޔޭގެ އެންމެންނަށް ފެންނާނެ ފަދައިން ފީފާގެ ނުފޫޒާއި، ބޭއިންސާފު އެޑްވާންޓޭޖްތަކެއް ނެތި އާޖެންޓީނާއަކަށް ރޭގެ މެޗުން މޮޅެއް ނުވެވުނީހެވެ. މި
ޞްރުގެ ކުޅުންތެރިންނާ ދޭތެރޭގައި ފީފާއިން ހިންގި ޖަރީމާއާއި، ޢަމަލުކުރި ނުޙައްގު ގޮތް، ދެލޯ ކަޱު މީހަކަށް ވެސް އެނގޭ މިންވަރަށް ރޭގަ ފެނިގެން ގޮސްފައިވެ އެވެ.
ރޭގެ މެޗްގެ ރެފްރީ ހީވަނީ މިޞްރާ ދެކޮޅަށް ޗާބީ ދީފަ ހުރި ބުދެއް ހެންނެވެ. ރޭގެ މެޗު މިޞްރަށް ކުޅެން ޖެހުނީ އެލިފަންޓީނޯ އާއި، ލިއޮނަލް މެސީ އާއި، ފީފާ އާއި، ވީއޭއާރާއި، އަދި ރެފްރީންނާ ދެކޮޅަށެވެ.

ކުރިން ބުނި އެތި ކެންސަލްކުރާ ބީދައިން ކުރިން ޖެހި ގޯލު އެއީ ގޯލެއް ނޫނެވެ. އާޚިރުގައި އަހުރެމެން މިޞްރު ޓީމާ މެދު ފަޚުރުވެރިވަމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރެފްރީންނާއި، ފީފާއިން މިޞްރާ މެދު ޢަމަލު ކުރި ނުޙައްގު ގޮތް، މުޅި ދުނިޔެއަށް ފެނި، ދުނިޔެއިން އެކަމަށް ހެކިވާނެއެވެ. އަދި އެވަރުން އަހުރެމެންނަށް ފުދެއެވެ.
އާޖެންޓީނާ އަބަދުވެސް މޮޅުވާން ޖެހޭ ނަމަ، މި ހުރިހާ ޓީމުތަކެއް ގެނެސް ބޮޑެތި ޚަރަދުތައްކޮށް، އެއް ބަޔަކު އަނެއް ބަޔަކާ ކުރިމަތިކުރުވުމުގެ ބަދަލުގައި ހަމައެކަނި އާޖެންޓީނާ އަށް ތަށި ދިނީމަ ނިމުނީ ނޫން ހެއްޔެވެ. އޭރުން ފީފާގެ ރައީސް ޖިއާނާނީ އިންފަންޓީނޯ އާއި ފީފާ އަށް ވެސް ތަންކޮޅެއް ފަސޭހަވެފައި، ޚަރަދުކުޑަވީހެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.