މި އަހަރު ދޭ ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އެހީ އަކީ ދެމެހެއްޓެވި ގޮތެއްގައި މުޖުތަމައުގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްފައިވާ ގްރާންޓެކެވެ.
އެގޮތުން މި ގްރާންޓް ދެނީ ވިލުންވެރި ކުރިމަގަކަށް މުޖުތަމައު ބާރުވެރިކޮށް ދިނުން ތީމުގެ ދަށުންނެވެ. ގްރާންޓްގެ ދަށުން މަޝްރޫއުތައް ހިންގަން 200،000ރ. އާ ހަމައަށް ފައިސާގެ އެހީ ދޭނެ އެވެ.

އެހެންވެ މި ގްރާންޓަށް އެދުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.