ހުޅުމާލެ، ފޭސް 2 ވިނަރެސް ފުލެއްގެ ކަރަންޓް ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ސިޓީ، ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން، 38، ކަމަށެވެ.
އޭނަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެވެ. މި މައްސަލައާ ގުޅިގެން ނަސްރުﷲ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުން ބުނީ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރު ކަމަށވެ. އެގޮތުން ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.