Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ޑްރަގާ އެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރަށް

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

އެ ދެ އޮޕަރޭޝަންގެ ތެެރެއިން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އެ ސިޓީގެ ލޭކޮކާ، ޙަސަން އިބްރާހީމް، 27، އާއި އާއި ކަގި، ފާޠިމަތު ޢަލީ، 32، އެވެ. އެ މީހުން ހައްޔަރުކޮށް، ތިބި ގެސްޓްހައުސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގްރާމެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަންގެ ބަންދަށް 10 ދުވަސް އަދި ފާޠިމަތުގެ ބަންދަށް ވަނީ ދުވަސް ޖަހާފައިވެ އެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށި، އެނީޒާ، އާދަމް މުޙައްމަދު، 42، އާއި ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް، 33. އެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ޖެހީ 8 ދުވަހެވެ.