ދުނިޔޭގެ އެންމެ ވަރުގަދަ އެެއް އިގުތިސާދު ކަމަށްވާ ޗައިނާގެ ނުފޫޒު ގަދަ އިކޮނޮމިސްޓަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ކެންސަރު ބަލީގައި އިއްޔެ މަރުވީ ޗައިނާގެ މަޝްހޫރު މެކްރޯއިކޮނޮމިސްޓް ގާއޯ ޝަންވެން ކަމަށެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ އަހަރެއްހާ ދުވަސް ފަހުން އޭނަ މަރުވި އިރު، އުމުރަކީ 55 އަހަރެވެ.
ގާއޯ ފާހަގަކޮށްލެވެނީ ޗައިނާގައި އުފެދުނު އެންމެ ވަރުގަދަ އެއް އިކޮނޮމިސްޓްގެ ގޮތުގަ އެވެ. އޭނަ އަކީ އެ ގައުމުގެ އިގުތިސާދީ ހާލަތާއި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުބް ގައުމުގެ ކުރިމަގުގެ ހާލަތު މެދު ވަރަށް އާންމުކޮށް ބަސް ބުނާ އިކޮނޮމިސްޓެއްގެ ގޮތުގަ އެވެ.
ގާއޯ އަކީ އެވަބްރައިޓް ސެކިއުރިޓީސް ރިސާޗް އިންސްޓިޓުއުޓާއި އެސެންސް ސެކިއުރިޓީސް ފަދަ މާލީ އިންސްޓިޓިއުޝަންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް އަދާކުރި މީހެކެވެ.