Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ޔުނިފެސުން 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ރައްކާތެރިވާން ޔުނިސެފުން ރާއްޖެ އަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި އެވެ.

މި ވެކްސިނަކީ، ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ޔުނިސެފްގެ ފަރާތުން ހަދިޔާކުރިި ވެކްސިން ހަވާލުކޮށް ދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ގީލާ އަލީ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިމަބިހިން ރައްކާތެތިވާން މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5495 މީހުންނަށް ވެކްސިން ދީފައިވާ އިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ހިމަބިހީގެ ކޭސްތައް ފެނުނު ފަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 121 އަށް އަރަ އެވެ.

އެހެންވެ ރައްކާތެރިކަމުގެ ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދާ އިރު، ދާދި ފަހުން އިންޑިއާ އިން ރާއްޖެ އަށް ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފައިވެ އެވެ.