Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޖޭއެސްސީ - ފޮޓޯ: އަވަސް

ރ. ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ މަގާމުން ސަސްޕެންޑް ކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ އޭނާ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ބަލަމުންދާ މައްސަލައިގެ ބާވަތަށާ، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލާ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަލީ މުސްތަފާ ސަސްޕެންޑްކުރިކަން ހާމަކޮށްފައިވެ އެވެ.

އަލީ މުސްތަފާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.