އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ. އެއީ، އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.4 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 06:01ގައި ކަމަށް މެޓުން މައުލޫމާތުދެ އެވެ.
ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.