Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް، އެކަކަށް ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 19:07 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.