Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.

މާލޭ ޔޫތު ހަބުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓްރީ ޢަބްދުއްލަ ރާފިޢުއެވެ.

ޔުނާން ޕްރޮވިންސުން ހަދިޔާކުރި މި ސާމާނުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ރެކެޓް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ.

ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެކެވެ. އަދި މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކުރައްވާފައެވެ.