Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

އެމްޑީޕީގެ މަގުޗާޓުގެ ކޮމިޓީގެ މުގައްރިރަކަށް ފައްޔާޒު

އެމްޑީޕީގެ ހިންގުން އަދި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ހާއްސަ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހަމަޖައްސައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު، ޕާޓީގެ އަސާސީ ގަވާއިދު އަދި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލާފައި ކަމަށެވެ.

މަގުޗާޓުގެ މަސައްކަތް ނިންމުމަށް ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ކޮމިޓީއެއް އެކުލަވާލާފައިކަމަށް އެމްޑީޕީން ބުންޏެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

ފައްޔާޒް އިސްމާއިލް (މުގައްރިރު) – މއ. ބޯގަންވިލާ / މާލެ
މާރިޔާ އަހުމަދު ދީދީ – ގ. އޮއިނާށި / މާލެ
އިމްތިޔާޒް ފަހްމީ – މ. އަފްޒާ / މާލެ
އަބްދުﷲ ސާދިގު – ކައުސަރު / ސ. ހިތަދޫ
މައުރޫފް އަހުމަދު – ނިއުލައިޓް / ލ. ކަލައިދޫ
އިބްރާހިމް ވަހީދު – މ. ބަނަފްސާވިލާ / މާލެ
މުހައްމަދު ރަޝީދު ހުސައިން – މ. ޖަވާހިރުވާދީ / މާލެ
އަހުމަދު އަބްދުﷲ – އޯޝަންވިލާ / ހއ. ތަކަންދޫ
މަހުފޫޒް ސައީދު – ވިކްޓަރީ / ގއ. ކޮލަމާފުށި
ޔާސިރު އަބްދުލްލަތީފް – މިޒާޖް / ހދ. ކުޅުދުއްފުށި

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ހިމެނޭ މަގުޗާޓެއްގެ މަސައްކަތްކުރުމަށް ކޮމިޓީއެއް ނެގިއިރު، އަންނަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.