ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަފާތު މުދަލާއި، ޚިދުމަތް އަދި މަސައްކަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ "ވެންޑަ ޕޫލް" އެކުލަވާލުމަށްޓަކައި، އެ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންނަށް ހުޅުވާލައިފި އެވެ.
މި ވެންޑަ ޕޫލަކީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތަކުގެ ތެރެއިން، އަގު 35,000.00ރ އަށް ވުރެ ކުޑަ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާ ޕޫލެކެވެ.
ވެންޑަ ޕޫލްގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 އިން ހޯދޭނެ އެވެ.