Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މާލޭގެ ގެއެެއްގައި ރޯވެއްޖެ

ރޯވި އިމާރާތުގެ ކައިރީގައި ސިފައިން ހަރަކާތްތެރި ވަނީ. ފޮޓޯ/އެމްއެންޑީއެފް

މާލޭގެ ގެއެެއްގައި މިއަދު ރޯވެއްޖެ އެވެ.

ރޯވެފައި ވަނީ މުނިޔާ ގޯޅީގައި ހުންނަ މ. ޝަފާގޭގަ އެވެ. ރޯވި ގޭގެ ސަރަހައްދުގައި މިހާރު ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު، އެގެ އިިން ބޯ ދުން އަރާ ތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާފަންނު ޖާޔާ ކުޝަން ކައިރި ހުރި މ. ޝަފާ ގޭގައި ކަމަށެވެ.

މާލޭގެ ގެއެއްގައި މިއަދު ރޯވި އިރު، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގ. ފުންފަޅުގޭގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކަށް ފަރުވާ ވެސް ދޭން ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކި ވަރުގެ އަސަރުކޮށްފައިވާތީ އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭން ޖެހުނެވެ. އަދި ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ވެސް ދީފައިވެ އެވެ.

މާލޭގެ އިތުރުން މި ފަހަކަށް އައިސް ހުޅުމާލޭގައި ވެސް އާންމުން ދިރިއުޅޭ ތަންތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.