Last Updated: July 14, 13:21
Tuesday, July 14, 2026
ޚަބަރު

ޕޯސްޓުން ގެނައި 3 ކިލޯގެ ޑްރަގް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

އެތަނުން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރުމުން އަތުލައިގަތީ ސިންތެޓިކް ކެތިނޯން އެވެ. އެ ތަކެތީގެ ބަދުދަނުގައި 3.6 ކިލޯ ހުރި ކަމަށާއި އޭގެ މަަގުމަތީ އަގު 5 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ މަސްތުވާތަކެތި އެތެރެ ކުރުމަކީ ވަރަށް އާންމު ކަމެކެވެ.