Last Updated: July 14, 13:21
Tuesday, July 14, 2026
ޚަބަރު

ފުލުހުންނަށް ދަރަންޏަށް ޓިކެޓް ވިއްކާނެ ބަޔަކު ހޯދަނީ

ދިވެހި ފުލުހުން ވައިގެ މަގުން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ދަރަންޏަށް ޓިކެޓް ވިއްކާނެ ފަރާްތަކެއް ހޯދަން ހުޅުވާލައިފި އެވެ.

އެ މުއައްސަސާ އިން މިއަދު ބުނީ ކްރެޑިޓް އުސޫލުން ޓިކެޓް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެގެން، އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލާ ކަމަށެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީވުގެ ސުންގަޑި އަކީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ފުލުހުންގ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 އަށް ގުޅައިގެން ހޯދޭނެ އެވެ.