ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ފަޒްނާ ނިޔާވެއްޖެ އެވެ.
އޭނަ އަކީ ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. ގދ. ގައްދު އަށް އުފަން ފަޒްނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ ދުވަސްތަކެއް ފަހުން މިއަދު އައިޖީއެމްއެޗްގަ އެވެ.
ފަޒްނާ، 47، މަތީ ތައުލީމު ހާސިލު ކުރެއްވީ ނެޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ. އޭނާ ރާއްޖެ ވަޑައިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިދުމަތް ކުރަން ފެށީ އޮކްޓޯބަރު، 2024، ގަ އެވެ.
އައިޖީއެމްއެޗްގެ އިތުރުން އޭނަ ފަރުވާ ކްލިނިކާއި ކުލުނު ކްލިނިކް އަދި ސްޕެކްޓްރަމް ޗިލްރެން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް ފަޒްނާ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.
ފަޒްނާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.