މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މި އާދީއްތަ ދުވަހު ހުޅުވައިލަން ނިންމައިފި އެވެ.
ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބުނީ ނާމަށް ނަން ހުށަހެޚުމުހެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ވެސް ދޭނީ، ހަތަރު ގިންތިއަކުންނެވެ.