Last Updated: July 9, 20:21
Thursday, July 9, 2026
މުނިފޫހިފިލުވުން

ސިދާތާއި ތަމަންނާގެ ފިލްމު ސެޕްޓެމްބަރުގައި

އިންޑިއާގެ ތަރިން ކަމަށްވާ ތަމަންނާ ބާޓިއާ އާއި ސިދާތު މަލްއުތުރާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު 'ވަން: ފޯސް އޮފް ދަ ފޮރެސްޓް' މި އަހަރުގެ ސެޕްޓެމްބަރު 25 ގައި ރިލީޒް ކުރަން ނިންމާލައިފި އެވެ.

ހުރާފީ ފެންޓަސީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އަރޫނާބް ކުމާރާއި ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. 'ވަން' ގެ ކާސްޓްގައި މަނީޝް ޕޯލް އާއި އަނޫޕް ސޯނީ އާއި ޝްވޭތާ ތިވާރީގެ އިތުރުން ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނަ ސިދާތުގެ ފުރަަތަމަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ލޯބީގެ ފިލްމު 'ޕަރަމް ސުންދަރީ' އެވެ.

ސިދާތުގެ 'ވަން' ސެޕްޓެމްބަރު 25 ގައި ސިނަމާތަކަށް ދޫކޮށްލާ އިރު، އޭނަގެ އަންހެނުން ކިއާރާ އަދުވާނީ މުހިއްމު ރޯލެއް ކުޅެފައިވާ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 'ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް' އަންނަ މަހުގެ 26 ގައި ސިނަމާތަކަށް ގެންނާނެ އެވެ.