Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

"ޑޮލަރެއް ނެތް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް

"ޑޮލަރެއް ނެތް" ގެ ނަމުގައި އެމްޑީޕީން ހާއްސަަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ އިވެންޓް އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ. ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންވާނީ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.

"ޑޮލަރެއް ނެތް" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވާ އިރު، ރާއްޖެ އަށް މިހާރު ދިމާވެފައި އޮތް ޑޮލަރުގެ ދަތިކަމާއި އެކު ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެ ޕާޓީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މި ހަފުތާގެ ކުރީކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ބައްދަލުވުމެއްގައި ވެސް މި ސަރުކާރަށް ޑޮލަރުގެ މައްސަލަ ހައްލުކޮށް ނުދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23ރ. އަށް އުފުލުމުގެ ބިރު އޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.50ރ. ގަ އެވެ.