މާލޭން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސްފި އެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 15:26 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ބޯޓުން ދަތުރުކުރި އެންމެން ފުލުހުންގެ އެހީތެރިކަމާއެކު ފުލިދޫ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުން ކަމަށާއި މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.