މި ސަރުކާރުގައި އެންމެ ފުރަތަމަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި މުއާޒް މުހައްމަދު ރަޝީދު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފި އެވެ.
ކުރިން މަޖިލިސް މެންބަރުކަން ވެސް ކުރެއްވި މުއާޒް ފެނަކަ އިން އިސްތިއުފާ ދެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމަށް މުއާޒު އައްޔަން ކުރަން ނިންމީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.
ފެން ކުންފުނީގެ މިހާރުގެ އެމްޑީ އަކީ މި ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ އެމްޑީގެ މަގާމު އަދާކުރެއްވި ހުސައިން ފަހުމީ އެވެ.