ޗައިނާގެ ބޫޓް ފެކްޓަރީއެއްގައި މިއަދު ރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައވާ ގޮތުގައި ރޯވީ ފުޖިއަން ޕްރޮވިންސްގެ ޖިންޖިއަން ސިޓީގައި ހިންގަމުން އަންނަ ބޫޓް ފެކްޓަރީއެއްގަ އެވެ. ބުރިބުރި އަށް އިމާރާތްކޮށްފައިވާ ފެކްޓަރީގައި ރޯވުމާ ގުޅިގެން ފެކްޓަރީގައ މަސައްކަތް ކުރަމުން އައި ބައެއް މީހުން ތިބީ އެތަނުގައި ނުނުކުމެ ތާށިވެފަ އެވެ.
ނަމަވެސް މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު މަރުވި ކަމެއް ކަށަވަރެއް ނުވެެ އެވެ. އަދި ބޫޓް ފެކްޓަރީގައި ރޯވާން ދިމާވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. ނަމަވެސް ތަނުގައި ގިނައިން ހުރީ އަލިފާން ފަސޭހަ އިން ހިފާނެ ކަހަލަ ތަކެތި ކަމަށްވާތީ ފެކްޓްރީގެ އެކި ބައިތަކަށް ފަސޭހަކަމަ އެކު އަލިފާން ފެތުރިގެން ދިޔައީ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.
A major fire today broke out in a shoe factory in Jinjiang, Fujian, with significant casualties reported. 183 firefighters + 35 engines battled the blaze. Cause is under investigation. pic.twitter.com/KoPfkS8GKx
— Shanghai Daily (@shanghaidaily) July 9, 2026
ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެންމެ ފުރަތަމަ ރޯވީ ފެކްޓަރީގެ ގްރައުންޑް ފްލޯގަ އެވެ. އޭގެ ފަހުން ފެކްޓަރީގެ އިތުރު ބައިތަކަށް އަލިފާން ފެތުރި، މުޅި ސަރަހައްދަށް ބޯ ދުމުގެ އަސަރު ވެސް ކޮޮށްފައިވެ އެވެ.
ރޯވި ފެކްޓަރީ ނިއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
މީޑިއާތަކުން ރޯވި ފެކްޓަރީ އަކީ ހިއުޓެންގް ޝޫޒްގެ ފެކްޓަރީއެއް ކަމަށެވެ.