މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އިތުރު ބިދޭސީންތަކެއް ބަލައި ފާސްކޮށް އޭގެ ތެރެއިން ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ވަނީ މާލެ އާއި ހުޅުމާލޭގައި ބިދޭސީންނާއި ސުވާލުކޮށްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 68 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ.
މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.