Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

މަރަދޫގެ ގެއެއްގައި ރޯވެ އަނދައިފި

އައްޑޫ މަރަދޫ ގެއެއްގައި ރޭ ވަރަށް ބޮޑަށް ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ރޯވެފައިވަނީ އެ އަވަށު ޗަމަން ގޭގަ އެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ 8:06 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ 22:55 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.