Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

އީ-ޕާސްޕޯޓްގެ ހިދުމަތް އަންނަ މަހު އަލުން ފަށަނީ

ވަގުތީ ގޮތުން މެދުކަނޑާލާގައިވާ އީ-ޕާސްސްޕޯޓުގެ ޚިދުމަތް އަންނަ މަހު އަލުން ފަށަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި އަންނަ މަހުގެ ކުރީކޮޅުން އަލުން ހިދުމަތް ފަށަން ތައްޔާރީތައް އަންނަނީ ވަމުންނެވެ. ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އީ-ޕާސްޕޯޓްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑާލައިލީ މެއި މަހުގެ ކުރީކޮޅު އެވެ. އޭރު އިމިގްރޭޝަނުން ބުނީ އެ ހިދުމަތް މެދުކަނޑާލަން ޖެހުނީއޯޑިނަރީ އީ- ޕާސްޕޯޓް ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމުން ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އިމިގްރޭޝަން ކޮންޓްރޯލަރުއަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށާއި ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ދޫކުރުމުން އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އީ-ޕާސްޕޯޓު"ގެ ފީއަކީ 1،000ރ. އެވެ. އަދި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 600ރ. އެވެ.