ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ ފިލްމަކަށް އަލަށް އަދިތިޔާ ރޯއި ކަޕޫރް ސޮއިކޮށްފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކި އަސަރު ގަދަ ލޯބީގެ ވާހަަކައެއް ކިޔައި ދޭނެ ފިލްމެކެވެ. ފިލްމުގެ ނަމާއި އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އަދިތިޔާ ކުރިން ވެސް ޓީ ސީރީޒްގެ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ 2013 ގެ 'އާޝިގީ 2' އެވެ. އެ ސްޓޫޑިއޯ އަށް އަދިތިޔާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ 'މެޓްރޯ…އިން ދިނޯ' އެވެ.
ބުޝަން ބުނީ އަދިތިޔާއާ އެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަަށާއި އާ ފިލްމަކީ ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދާނެ ފިލްމެއް ކަމަށެވެ.
މީގެ ޑައިރެކްޓަރު މިލަން އަކީ މި މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ތެރަ ޔާރު ހޫނ މޭ ގެ ޑައިރެކްޓަރެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ލޯބީގެ ފިލްމު 'އޭކް ދީވާނޭ ކީ ދީވާނީޔަތު' ގެ ވެސް ޑައިރެކްޓަރެވެ. މިލަޕް ކުރިން ޓީ ސީރީޒަށް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ 'ސަތިއަމޭވް ޖަޔަތޭ' ގެ ދެ ފިލްމު ހިމެނެ އެވެ.
އޭނަގެ އާ ފިލްްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ އިރު، އަންނަ އަހަރު ފިލްމު ބެލުންތެރިންްނަށް ގެނެސްދޭނެ އެވެ.