މާލޭގައި މިއަދު ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިއީ އައިޖީއެމްއެޗްގެ ނެޝަނަލް ޑައިބެޓީސް ސެންޓަރުން ހިލޭ ސްކްރީންކޮށް ދޭން ކުރިއަށް ގެންދާ ކޭމްޕެކެވެ. ކޭމްޕު ކުރިއަށް ގެންދަން ނިންމާފައި ވަނީ ސޯޝަލް ސެންޓަރުގައި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބަރުދަނާއި އިސްކޮޅު ބަލައި ބީއެމްއައި ހުރި ނިސްބަތް ދެނެގަތުމާއި، ލޭގެ ޕްރެޝަރުގެ އިތުރުން ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ޓެސްޓްކޮށް ދޢނެ ވެ. މީގެ އިތުރުން، ފައިދާހުރި ކާނާއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި، ޑޮކްޓަރުންގެ އިރުޝާދާއި ލަފާ ހޯދުމުގެ ފުރުސަތު ވެސް ފޯރުކޮށް ދޭނެ އެވެ.
ރާއްޖޭގައި އެންމެ އާންމު އެއް ބައްޔަކީ ހަކުރުބަލިކަން ފާހަގަކުރެވެ އެވެ. އެހެންވެ މިއީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަ ހެޔޮ ބަދަލުތަކަކާ އެކު ރައްކާތެރިވެވޭނެ ބައްޔެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.