ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ނުވާނެހެން ދަމަހައްޓަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވިލިމާލޭގެ ފެހިކަމާއި ގުދުރަތީ ތަބީއީ ސިފަތައް ހިމާޔަތްކުރަން ޖެހޭ ކަމަށާއި އަދި ކޮންކުރީޓު ޖައްގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި އެ ރަށް ދަމަހައްޓަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދު ވަނީ ވިލިމާލެ ބްރިޖުން މާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅާލުމާ އެކު އުސް ކޮންކްރީޓް އިމާރަތްތައް އެ ތަންތަނުގައި އިސާހިތަކު އަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، މި ސަރުކާރުން ވަނީ ވިލިމާލޭގައި ހައުސިން މަޝްރޫއުއެއް ހިންގަން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.
ފްލެޓް މަޝްރޫއުގެ އިތުރުން ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.