Last Updated: July 14, 10:25
Tuesday, July 14, 2026
ޚަބަރު

ވިލިމާލޭގެ މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެއްޖެ

ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވުމާގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މަޢުލޫމާތު ރިޕޯޓުކުރީ އިއްޔެ ހަވީރު 3:12 ހާއިރު ކަމަށެވެ. ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މާރާމާރީއާ ގުޅިގެން އެެއްވެސް މީހަކު ހައްޔަރުކުރިކަން ވެސް ފުލުހުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ނަމަވެސް މި މައްސަލަ އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.