Last Updated: July 14, 10:25
Tuesday, July 14, 2026
ޚަބަރު

ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަށައިފި

ޖުލައި 11 ގައި ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން. މި އިންތިހާބު 131 ދާއިރާއެއްގައި ކުރިއަށްދާ އިރު، ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރާނެ. ފޮޓޯ/ ޕީއެންސީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސގެ ދާއިރާތަކުގެ އިންތިހާބު މިއަދު ފަށައިފި އެވެ.

އިންތިހާބުގެ ވޯޓްލުން ހެނދުނު 9:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި ޕާޓީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، ޕާޓީގެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާ ނާއިބު ރައީސުން ވެސް އިންތިހާބު ކުރާނެ އެވެ.

މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށް ދާ ކަމަށް ޕީއެންސީން ބުންޏެވެ. މި އިންތިހާބުގައި ނިމިގެންދާއިރު ޕާޓީގެ 2،500 އަށް ވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުވެގެން ދާނެ އެވެ.