Last Updated: July 11, 22:16
Saturday, July 11, 2026
މުނިފޫހިފިލުވުން

އާމިރާ ގުޅިގެން ކަބީރު ފިލްމެއް ހަދަނީ

އާމިރު ޚާނާ ގުޅިގެން ޑައިރެކްޓަރު ކަބީރް ޚާން ފިލްމެއް ހަދަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

'ސިލްކިއާރާ 41' ގެ ނަން ދީފައިވާ މި ފިލްމަކީ އާމިރުގެ ފިލްމު ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަންސް އާއި ކަބީރު ޙާން ފިލްމްސްގެ އިތުރުން އޮސްޓްރޭލިއާގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ މައިންޑް ބްލޯވިން ފިލްމްސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްކެވެ.

އެގޮތުން ކަބީރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ 'ސިލްކިއާރާ 41' އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގައި ދައްކުވައި ދޭނީ އިންޑިއާގެ އުތުރާކަންދާއި ނެޝަނަލް ހައިވޭ 134 ގުޅައިލަން ބިމު އަޑިން ހެދި ޓަނަލްގެ މަސައްކަތުގެ ތެރޭގައި 2023 ގެ ނޮވެންބަރު މަހުގެ ތެރޭގައި 41 މީހަކު ތާށިވެ އެ މީހުން ސަލާމަތް ކުރަން ކުރިއަށް ގެންދިޔަ މަސައްކަތެވެ. އަދި އެ މިޝަން އެންމެ އިސްކޮށް ހުންނެވި ޕްރޮފެސަރު އާނޯލްޑް ޑިކްސްގެ ދައުރު ކަބީރުގެ ފިލްމުގައި ދައްކުވައި ދޭނެ އެވެ.

'ސިލްކިއާރާ 41' އިއުލާންކުރި ނަމަވެސް މީގެ ކާސްޓާއި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
މީގެ ޑައިރެކްޓަރު ކަބީރަކީ 'އޭކް ތަ ޓައިގާ' އާއި 'ބަޖްރަންގީ ބައިޖާން' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކާތިކް އާރިއަނާ އެކު 2024 ގައި ރިލީޒްކުރި ބައޮގްރަފިކަލް ސްޕޯސްޓް ޑްރާމާ 'ޗަންދޫ ޗެމްޕިއަން' އެވެ.

ކަބީރަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.