އަައްޑޫ ހުޅުދޫ ކައުންސިލް އިދާރާ އަށް ތިން މަސް ދުވަހަށް ޕަބްލިކް ރިލޭޝަންސް އޮފިސަރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ. ޕީއާރް އޮފިސަރުގެ ޝަރުުތަކުގެ ތެރޭގައި ހިމެނެނީ މަގާމާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުންމެވެ.
ޕީއާރް އޮފިސަރުގެ މުސާރަ އަކީ މަހަކު 9،495ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،850ރ. އަދި
ހާޒިރީ ޢިނާޔަތަށް ކޮންމެ ދުވަހަކަށް 75ރ. ވެސް ލިބޭނެ އެވެ.
ހުޅުދޫ ކައުންސިލް އިދާރާ އިން ބުނީ މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ މި މަހުގެ 19-30 އާ ދެމެދު ކަމަށެވެ. އިންޓަވިއު އަށް ކިޔާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށްގެންނެވެ.
ހުޅުދޫ ކައުންސިލް އިދާރާ ވަގުތީ ޕީއާރް އޮފިސަރެއްގެ އިތުރުން ވަގުތީ އެކައުންޓްސް އޮފިސަރަކާއި ކައުންސިލް އޮފިސަރަކާއި އެސޯސިއޭޓް ކައުންސިލް އޮފިސަރެއް ވެސް ހޯދަން އިއުލާންކޮށްފައިވެ އެވެ.